އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ގާސިމް އިސްލާމިކް ފައިނޭންސް ގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފި

ޚަބަރު ފަހުގެ

އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ގާސިމް އިސްލާމިކް ފައިނޭންސް ގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފިއެވެ.

ދައުވަތު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދީނީ އިލްމުވެރިޔާ ޕީއެޗްޑީ ހާސިލުކުރައްވާފައިވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ތީސިސް ހެއްދެވީ ރާއްޖޭގެ އިސްލާމިކް އިންޝިއުރަންސްއާ ބެހޭ ގޮތުންނެވެ.
ޝައިޚް ޒާހިރު ވަނީ އެ ދިރާސާ ކުރެއްވުމުގައި އޭނާއަށް އެހީތެރިވެދެއްވި ބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޝުކުރުގެ ލިސްޓުގައި ރާއްޖޭގެ އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތްދޭ އަމާނާ ތަކާފުލް އާއި އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްއަށް ޝެއިޚް ހިމެނުއްވިއެވެ.

މީގެ އިތުރުންވެސް މޯލްޑިވްް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލިބުނު އެހީތެރިކަން ފާހަގަކުރައްވައި އެ ބޭންކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

އަލީ ޒާހިރަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންކަން ކުރައްވާފައިވާ ބޭފުޅެކެވެ. އައް އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ޔުނިވާސިޓީގައި ކިޔަވައި ދެއްވާފައިވާއިރު މިހާރުވެސް އެންއެމްޔޫގެ ޝަރީއާ ޑިޕާޓްމަންޓްގައި އަލީ ޒާހިރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ