ޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން ނެގި 25 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އިއްޔެ ޕޮޒިޓިވްވެފައިވަނީ އަލާމަތްތައް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި 51 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ކޮންޓެކްޓް ޓްރޭސިންތެރެއިން ފާހަގަ 25 ފަރާތެއް ފާހަގަވެފައިވާއިރު 15 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ފަހުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުން ކަމަވެސް ހޮސްޕިޓަލުން ބެނެއެވެ.
ައޯގަސްޓް 16 ވަނަދުވަހު ކްލަސްޓަރގެ 3 ފަރާތާއިއެކު މިވަގުތު ކުޅުދުއްފުށި ސިޓީގެ އެކްޓިވްސް ކޭސްގެ އަދަދަކީ 12 އެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.


