ފަތުރުވެރިކަމުގަ ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އީޔޫއިން 2 މިލިއަން ޔޫރޯގެ އެހީއެއް

ޚަބަރު ފަހުގެ

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފިއެވެ.

ޔޫރަޕިއަން ޔޫނިއަންއިން ދިން 2 މިލިއަން ޔޫރޯގެ ހިލޭ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޔޫ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަދު ސޮއިކުރެވުނު ހިލޭ އެހީގެ މި އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ފައިސާ ދިނުމަށް ނިންމާފައިވަނީ ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުޅަހެޔޮ އިގްތިސާދެއް ބިނާކުރުމަށެވެ.

ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދޭ މިއެހީގެ ތެރެއެިން 1.4 މިލިއަން ޔޫރޯ ފަތުރުވެރިކަމުގެ ދާއިރާތަކުގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 0.6 މިލިއަން ޔޫރޯ ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.. އޭގެތެރޭގައި ވިޔަފާރި ހިންގުމާއި، ފައިނޭންޝަލް މެނޭޖްމަންޓް ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުން އަދި ފަތުރުވެރިކަމުގެ ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކޮށް ކޮވިޑްގެ ނުރައްކާތެރިވަބާއިން އަރައިގަނެ އާންމު ހާލަތަށް ރުޖޫޢަވުމަށްޓަކައި ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ