ވަންދޫ ކައުންސިލުގެ ނައިބު ރައީސް އެމްޑީޕީއަށް

ޚަބަރު ފަހުގެ

ތ. ވަންދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން އަފީފް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ހުސެއިން އަފީފް އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ވަންދޫއަށް ޒިޔާރަތްކުރައްވައި، އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަފީފް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. އަދި އެ ކައުންސިލިގެ ބާކީ ތިއްބެވި މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެހެންކަމުން، އަފީފް ސޮއިކުރެއްވުމާއެކު މިހާރު އެ ކައުންސިލަކީ 100 ޕަސަންޓު އެމްޑީޕީ ކައުންސިލެކެވެ.

އެ ބައްދަލުވުމުގައި، ވަންދޫގައި އެމްޑީޕީއަށް އޮތް ތާއީދު އިތުރުވެފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އެ ރަށުގައި މިހާރު އޮތީ އެމްޑީޕީގެ މެޖޯރިޓީއެއްކަން ފަހަގަ ކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ