ހުޅުމާލޭ ހުރަވީ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުން އަންނަ ރަޔާން ރިޔާޟް ޢަބްދުލްވާޙިދަށް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ބަލައިލުމުގެ ފުރުސަތު ދީފިއެވެ.
ޢުމުރުން އެންމެ 10 އަހަރުގެ ރަޔާން ވަނީ، އައިޖީސީއެސްއީ އިމްތިހާނުގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓާރ އެއް ހޯދާފައެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ”ޖީނިއަސް ރަޔާން“ އަށް ފުލުހުންގެ މުއައްސަސާާއިން މަރުހަބާ ކިޔާ ކަމަށެވެ. ހަމައެހެންމެ ރަޔާން ވަނީ، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލާ، ބައެއް މަސައްކަތްތައް ކޮށްފައިކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރަޔާން ހޯދި ކާމިޔާބާއެކު ޤައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށާއި، އިތުރު ކުރިއެރުމަށް އެދޭ ކަމަށެވެ.



