ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް މިމަހު 24 ން 27 އަށް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގެ މިސްކިތްތަކުގައި މިމަހު 24 ން 27 ގެ ނިޔަލަށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮގްރާމްގައި ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާ މައުޟޫޢުއަކީ “އިސްލާމް ދީނުގެ މާތްކަން” މިމައުޟޫއެވެ.

މިއީ ހަނިމާދޫ ކައުންސިލްގެ ވައުދެއް ކަމުގައިވާ “ދީނަން ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުން” ވައުދުގެތެރޭ ހިނގާ ފުރަތަމަ ޕްރޮގްރާމް ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބުރައިސް ފިރާގު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ