ހަނިމާދޫ އިސްކޫލަށް މުދައްރިސަކު ބޭނުންވެގެން އިޢުލާންކޮށްފި!

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

ހަނިމާދޫ ސްކޫލަށް މުދައްރިސަކު ހޯދަން އިޢުލާނުކޮށްފިއެވެ. އިޢުލާނު ކޮށްފައިވަނީ އެކަންޓު މުދައްރިސެއްގެ ވަޒީފާއެވެ.

ހަނިމާދޫ ސްކޫލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މިމަޤާމަށް އެދި ހުށައަޅަންޖެހޭ ލިޔެކިޔުންތައް 2020 ޖުލައި 16 ވާ، ބުރާސްފަތި  ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހުށައަޅަންޖެހެއެވެ.  ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް ހުށައަޅާނީ ހަނިމާދޫ ސްކޫލުގެ ކައުންޓަރަށެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ހުށައަޅަން ބޭނުންވާފަރާތްތަކުން ލިޔެކިޔުންތައް ހުށައަޅުންވާނީ admin@hanimaadhooschool.edu.mv އީ-މެއިލް އެޑްރެސްއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2020 ޖުލައި 19 އިން 2020 ޖުލައި 21 އާ ދެމެދު ހަނިމާދޫ ސްކޫލްގައެވެ. މިމަޤާމުގެ މުސާރައަކީ 7070.00 އާއި 10640.00 ރުފިޔާއާއި ދެމެދެވެ. ސާރވިސް އެލަވަންސް އަކީ 2500 ރުފިޔާއެވެ.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6520533 ފޯނާއެވެ. އީ-މެއިލް ކުރާނީ admin@hanimaadhooschool.edu.mv އަށެވެ. 

ޢިއުލާން ބެއްލެވުމަށް

https://gazette.gov.mv/iulaan/view/131192

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ