ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 83 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖެ އައި މީހެއްގެ އަތުން 83 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތި ފެނުނީ މިމަހުގެ 18 ވަނަ ދުވަހު ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ ލަގެޖުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓުކުރި އިރު، ޑުރަގުގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ. އަތުލައިގެން ތަކެތީގެ ޖުމުލަ ބަރުދަނީ 16.7 ކިލޯ ގުރާމެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މިމަހުގެ 13 ވަނަ ދުވަހުވެސް ޑުރަގާ އެކު ބްރެޒިލް އިން ރާއްޖެ އައި އެގައުމުގެ އަންހެނެއް ވަނީ އަތުލައިގެންފަ އެވެ. އޭނާ އަތުލައިގަތީ 3.19 ކިލޯގުރާމުގެ ކޮކެއިންއާ އެކު އެވެ. އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 16 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ