ޝިދާތާ އަދާލަތުން ވަކިވެއްޖެ

ޚަބަރު ފަހުގެ ސިޔާސީ

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް އެ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

ޝިދާތާ ވަނީ އަދާލަތު ޕާޓީން ވަކިވުމަށް ނިންމައި އެ ޕާޓީއަށް މިއަދު ސިޓީއެއް ހުށަހަޅުއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޝިދާތާއަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ. ނަމަވެސް ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރާއި ހެދި ޝިދާތާ ވަނީ އެ މަގާމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

ޝިދާތާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ