ޗާއިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި އެވެ. ޗައިނާއިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ވޭންގް ލީޝިން އެވެ.
ރާއްޖެ ވަޑައިގަތުމަށް ފަހު އެކަމަނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ދިވެހި ސަރުކާރާ ގުޅިގެން ރާއްޖެ އާއި ޗައިނާގެ ގުޅުން އާ ހަރަފަތަކަަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގައެވެ.


