ހަނިމާދޫ ކައުންސިލާއި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާ ގުޅިގެން މިމަހު 24 ން 27 ގެ ނިޔަލަށް ހަނިމާދޫގައި ކުރިއަށް ގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމު ފަށައިފިއެވެ.
މި ޕްރޮގްރާމު ފަށާފައިވަނީ ރޭ މަޣްރިބު ނަމާދަށް ފަހު މަސްޖިދުލް މޫސާ ޢަލީ ގައި ޝޭއިހު އިލިޔާސް ހުސެން ދެއްވި ދަރުހަކުންނެވެ. ޝެއިހު ވަނީ ރޭ އިޝާ ނަމާދަށްފަހު ހަނިމާދޫ މަސްޖިދުލް ތައުބާ ގައިވެސް ދަރުހެއް ދެއްވާފައެވެ.
މިއަދުވެސް މި ޕްރޮގްރާމުގެ ދަރުސްތަކެއް ކުރިއަށް ދާނެއެވެ. އެގޮތުން މަޣްރިބު ނަމާދަށްފަހު މަސްޖިދުލް ތައުބާ އަދި އިޝާ ނަމާދަފަހު މަސްޖިދުލް މޫސާ ޢަލީ ގައި ޝެއިހު އަބްދު ﷲ ރަޝީދު ގެ ދަރުސް ކުރިއަށް ދާނެއެވެ.


