ހަނިމާދޫ ކައުންސިލް އިދާރާގެ އެކްސް ކަވޭޓަރ މަރާމާތު ކޮށްދޭނެ ފަރާތެއް އެ ކައުންސިލު ހޯދަނީ!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލް އިދާރާގެ އެކްސް ކަވޭޓަރ މަރާމާތު ކޮށްދޭނެ ފަރާތެއް އެ ކައުންސިލު ހޯދަން އިއުލާން ކޮފިއެވެ.

ހަނިމާދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއް ގައި ބުނެފައިވަނީ އެކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެކްސަ ކަވޭޓަރ މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފޯމް ފޮނުއްވައި ދެއްވުން އެދޭކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް އެ ކައުންސިލުގެ އިއުލާނުގައި ވެއެވެ.

ހަނިމާދޫ ކައުންސިލް އިދާރާގެ އެކްސް ކަވޭޓަރ މަރާމާތު ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށްދާނީ 2021 ސެޕްޓެމްބަރ 07 ވާ އަންގާރަ ދުވަހު 13:00 ގައި ހަނިމާދޫ ކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.

ބީލަމުގައި ރަޖިސްޓްރީވާ ފޯމް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ