ދޮގު ވާހަކަ ދައްކައި، މީހުންގެ އިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫން: ހުތުބާ

ފަހުގެ ދީން

ހަދަހަދައިގެން ދޮގު ވާހަކަތައް ދައްކައި، މީހުންގެ އިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ހަބަރު ފެތުރުމުގެ ޝަރުއީ ހަމަތައް“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ދޮގު ހަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގެ ނުބައިކަމާއި އެކަންކަމުގެ ސަބަބުން އުފެދޭ ފިތުނައިގެ ބޮޑުކަމުން، މާތް الله އެކަންކަން މަނާ ކުރައްވާފައިވާ ކަމަށެވެ. އަދި ސާބިތު ނުހިފޭ ޔޯލަވަހަކަ ދެއްކުންވެސް ނަހީ ކުރައްވާފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުތުބާގައި ބުނީ، ވަގު އެކައުންޓް ހަދައި، މީސްތަކުން ތިމާއަކީ ކާކުކަން ނޭނގޭ ގޮތަށް އޮޅުވާލައިގެން މީސްތަކުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް އާއްމު ކުރާ މީހުން މީސްތަކުންނަށް އޮޅުވާލި ކަމުގައި ވިޔަސް، މާތް الله އެކަންކަން މޮޅަށް ދެނެވޮޑިގެންވާކަން ދަނެ، އެ ކަލާނގެއަށް ބިރުވެތިވާން ޖެހޭނެ ކަމަށެވެ.

އަދި ތެދެއް ދޮގެއް ބެލުމެއް ނެތި، މީޑިއާއިން ފެންނަހާ އެއްޗަކަށް ލައިކުކޮށް، ޝެއާ ކުރުމާއި ރީޓުވީޓު ކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ތިމާ ފަތުރާ ހަބަރަކުން އެއްވެސް މީހެއްގެ އިއްޒަތާއި އަބުރަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށާއި އެއްވެސް މީހެއްގެ ޒާތީ ކަންކަމުގެ މައުލޫމާތު އާންމުކޮށް ހާމަކޮށްގެން ނުވާނެ ކަމަށެވެ. އަދި އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ކަމަށް ބުންޏެވެ.

އަދި ހަދަހަދައިގެން ދޮގު ވާހަކަތައް ދައްކައި މީހުންގެ އިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށާއި އިއްޒަތަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މާތް الله ދެއްވާފައިވާ އެއްޗެއް ނޫން ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ހުތުރު ނަންނަމުން މީހުންނާ މުހާތަބު ކުރުމާއި ހުތުރު ބަސްތައް ބުނުމަކީ މާތް الله ރުހި ވޮޑިގެންވާ ކަމެއް ނޫން ކަމަށެވެ.

އަދި އެކަލާނގެ އިންސާނާ އުފައްދަވާފައިވާ ފުރިހަމަ ސިފައާއި މައިން ބަފައިން އޭނާއަށް ދީފައިވާ ރީތި ނަން ބަދަލުކޮށް، ކާޓޫނު ކުރަހައި، ހުތުރު ނަންނަމުން ނަން ކިޔައި، އެ ފަދަ ގޮތްގޮތަށް މުސްލިމަކަށް ފުރައްސާރަކޮށް ސިފަ ކުރުމަކީ ހުއްދަވާނެ ކަންކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ