ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް

ކުޅިވަރު ފަހުގެ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

2003 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިންގ އިން ޔުނައިޓެޑަށް އުމުރުން 18 އަހަރުގައި ރޮނާލްޑޯ ބަދަލުވީ އޭރު ރެކޯޑް ފީ އެއްކަމަށްވާ 13 މިލިއަން ޕައުޑްގެ އަގެއްގައެވެ. އަދި 2008 ވަނަ އަހަރު ރޮނާލްޑޯ ރެއާލަށް ބަދަލުވީވެސް ރެކޯޑް އަގެއްގައެވެ. ނުވަ އަހަރު ރެއާލްގައި ހޭދަކުރުމަށްފަހު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރު 100 މިލިއަން ޔޫރޯއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުރިޔަށް އޮތް ވަގުތުތަކުގެ ތެރޭގައި ރޮނާލްޑޯގެ މެޑިކަލް ޓެސްޓުތައް ހެދުމާއި ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ.

މީގެ ކުރިން އުމުރުން 36 އަހަރުގެ ފޯވާޑް ހޯދުމަށް މެންޗެސްޓާ ސިޓީންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ރޮނާލްޑޯ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީވެސް ސިޓީއާއެވެ. އެކަމަކު ސިޓީގެ ވިސްނުން ހުރީ ރޮނާލްޑޯއަށް ދެ އަހަރުގެ ކޮންޓްރެކެޓެއް ދިނުމަށެވެ.

ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ ސޮއި ހޯދާފައިވާކަން އިއުލާން ކޮށްފައެވެ. ޔުނައިޓެޑުން ބުނީ ޔުވެންޓަސްއާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތައް ނިމިފައިވާ ކަމަށެވެ. އަދި ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާއަށް މަރުހަބާ ކިޔާކަމަށް ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ