ށ. މިލަންދޫއިން ކުޑަކުދިންތަކަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިލަންދޫއިން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރި 7 މީހުންގެ ތެރެއިން 4 މީހުންކަމަށެވެ. އެ 4 މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.
ޕޮޒިޓިވްވި މީހާއަކީ ސުކޫލުގައި ގުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ޕްރީ ސުކޫލުގެ ދަރިވަރުން ހިމެނެއެވެ.
ކޯވިޑްގެ ސަބަބުން މީގެ ކުރިން ވެސް މިލަންދޫ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. މިގޮތުން މިދިޔަ މޭ މަހުވެސް އެރުން ކޯވިޑް ފެނިގެން ވަނީ މޮނިޓަރިންނަށް ލާފައެވެ. އެފަހަރު އެރަށް 21 ދުވަސް ވަންދެން މޮނިޓަރިން ހާލަތުގައި އޮތެވެ.


