ގަން އެއާޕޯޓަށް ޖައްސަން އައި ފްލައިޓަކަށް ލޭޒާ އެޅުވި މައްސަލައެއް ފެންމަތިވެއްޖެ

ޚަބަރު ފަހުގެ

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި މޯލްޑިވިއަންގެ ބޯޓަކަށް ލޭޒާ އެޅުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މިކަމާ ގުޅިގެން އައްޑުސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މޯލްޑިވިއަންގެ ފްލައިޓް ޤ2-106 ފްލައިޓް އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ މަރުޙަލާ ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ފެހިކުލައިގެ ލޭޒަރ އައްޔެއް މަތިންދާ ބޯޓަށް އެޅިފައިވާ ކަން، އެ ކުންފުނިން ސިޓީ ކައުންސިލަށް އަންގާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ، މަތިންދާ ބޯޓް ނައްޓާލާ އަދި ޖައްސަން ތައްޔާރުވާ މަރުޙަލާ އަކީ، މުހިއްމު އަދި ވަރަށް ނާޒުކު މަރުޙަލާއެއްކަމަށާއި، މިފަދަ ވަގުތުތަކުގައި މަތިންދާ ބޯޓަށް ލޭޒާ އަލި އެޅުވުމަކީ އެކަމުގެ ސަބަބުން، ކޮކްޕިޓަށް އެ އަލި އެޅުމުގެ ފުރުސަތު ބޮޑުވެ، ކޮންޓްރޯލްގައި ތިބޭ ޕައިލެޓުންގެ ފެނުމަށް ބުރޫ އަރާ މަތިންދާބޯޓްގެ ކޮންޓްރޯލް ގެއްލިދާނެ ކަމެއްކަމަށެވެ.

“އަދި ހަމައެއާއިއެކު، އެކަމުގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް މެދުވެރިވެދާނެ ފަދަ ކަމެއް ވެސްމެއެވެ.” އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އައްޑޫސިޓީ ކައުންސިލުން ވަނީ ލޭޒަރ އަލި ނުވަތަ އެފަދަ ވަސީލަތްތައް އެއަރޕޯޓާއި ކައިރި ސަރަޙައްދުތަކުގައި ބޭނުންނުކުރުމަށާއި، ހާއްސަކޮށް ފްލައިޓް ދަތުރުކުރާ ވަގުތުތަކުގައި ލޭޒަރ ލައިޓް ބޭނުންނުކުރުމަށް އެދި އިލްތިމާސް ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ