ވެލާނާގޭގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފް ބޮން ސްކޮޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވެލާނާގޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންގެ އުޅަނދުތަކާއި ހަތިޔާރު އެޅި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންވެސް އެތަނުގައި އެބަ ހަރަކާތްތެރިވެ އެވެ.


