އިސްލާމް ފޮތުގައި ހުރިކަމަށް ބުނާ، ނަފްރަތު އުފެދޭ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވާ: ޝައިޚް ޝަފީޢު ޢަބްދުﷲ

ޚަބަރު ފަހުގެ

އިސްލާމް ފޮތުގައި ހުރިކަމަށް ބުނާ، ނަފްރަތު އުފެދޭ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ގޮވާލައްވައިފިއެވެ.

ޝައިޚް މިއަދު ވިދާޅުވީ އިސްލާމް ފޮތުގައި ހުރި ނަމަ، ހުރި ނަފްރަތު އުފެދޭ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ތަޢުލީމީ ވުޒާރާއަށް ގޮވައިލައްވާ ކަމަށާއި، ސަބަބަކީ އެ ފޮތްތަކުން ކިޔަވައިގެން ތިބި ދަރިވަރުން ގިނަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ގޮތުން އެ ދަރިވަރުންނަށް އޭގެ ރަނގަޅު މަޢުލޫމާތާއި ރަނގަޅު ގޮތް އެނގުން ވަރަށް މުހިންމުކަން ވެސް ޝައިޚް ފާހަގަކުރެއްވިއެވެ.

ޝައިޚް މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި، މެއި ހައެއް ކޮމިޓީގެ މުޤައްްރިރު ޙަސަން ޢަފީފް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

ޢަފީފް ރޭ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއާއި ބައްދަލުކުރެއްވި ކަމަށާއި، އެ ގޮތުން ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާމެދު ވާހަކަދެކެވުނު ކަމަށެވެ. އަދި އެ ކަންކަން ހުއްޓުވަން އެޑިއުކޭޝަނުން ކުރަމުން އަންނަ މަސައްކަތްތައް މިނިސްޓަރު ހިއްސާ ކުރެއްވި ކަމަށާއި، އެ ގޮތުން ކަރިކިއުލަމަށް ބަދަލު ގެނެސް އިސްލާމް މާއްދާގައި ހުރި ނަފުރަތު އުފައްދާފަދަ ލިޔުންތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ