ހަނިމާދޫ ސްކޫލްގެ ލޯކަލް ފިރިހެން މުވައްޒަފުން އިސްނަގައިގެން އިރުމަތީ ކުލާސްރޫމް ބުލޮކުގެ ވޯކްވޭ މަރާމާތުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލްގެ ލޯކަލް ފިރިހެން މުވައްޒަފުން އިސްނަގައިގެން އިރުމަތީ ކުލާސްރޫމް ބުލޮކުގެ ވޯކްވޭ މަރާމާތުކޮށްފިއެވެ.

މިމަސައްކަތް ކޮށްފައިވަނީ އެ ސްކޫލްގެ ފިރިހެން މުވައްޒިފުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މިމަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، މަސައްކަތުގައި އިސްވެ އުޅުއްވި މުވައްޒަފަކު ވިދާޅުވީ މިމަސައްކަތް ކުރަން ނިންމީ ވޯކްވޭގައި ވާރޭ ވެހޭ ދުވަސްތަކުގައި ފެން ހެދި ކުދިން ކައްސާލާގޮތް ވާތީއާއި ވަރަށް ބޮޑަށް ވޯކްވޭ ހަލާކުވެ ކޮންމެހެން ހައްލެއް ބޭނުންވާ މައްސަލައަކަށްވާތީ ކަމަށެވެ.

އިރުމަތީ ކުލާސްރޫމް ބުލޮކުގެ ވޯކްވޭ މަރާމާތު ކުރުން ކުރިއަށް ދިޔައިރު “މައިލްސް ފޯ ސުމައިލް”ގެ ފަރާތުން ސިމެންތި މަސައްކަތް ކުރާ 2 މުވައްޒަފުން ވަނީ ހިލޭ ސާބަހަށް އެމަސައްކަތަށް ފޮނުވައި ދީފައެވެ.

އަދި މިމަސައްކަތް ކުރިއަށްދިޔަ ވަގުތު އެ ސްކޫލްގެ ލޯކަލް އަންހެން މުވައްޒަފުން ބައިވެރިވާކަން ދައްކުވައިދިނުމުގެ ގޮތުން ތަފާތު ފިނި ބުއިންތަކާ ކެއުން ވަނީ މަސައްކަތުގެ މާހައުލަށް ގެނެސްދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ