ހަނިމާދޫ ރައްޔިތުން ގެވަޅަށް އެދި އެދި ތިއްބާ ރަށުން ބޭރު ބަޔަކަށް ގެވަޅުދޭން ސަރުކާރުން ތެޅިގެންފިއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުން ފަޅުކޮށްފައިވާ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ގޯތިދޭން ބޭނުންވާތީ މިމަހު 8 ވަނަދުވަހު އޮފީސް ބަންދު ވުމުގެ ކުރިން ސަރުކާރަށް ވަކިޖަވާބެއް ހަނިމާދޫ ކައުންސިލުން ދޭން ޖެހެއެވެ.
މި ކަމާގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހަނިމާދޫ ކައުންސިލްގެ ނައިބުރައިސް ފިރާގް މުހައްމަދަށް ގުޅައިލުމުން ބުނީ މިއަދު އޮފީހަށް ނުކުތް ތަނާހެން އަޅުގަނޑަށް އެސިޓީ ފެނުނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފުރާސްޓްރަކްޗަރ ސިޓީއެއްފޮނުވާފައި އޮތީ ޅ.މާފިލާފުށީގެ އާއިލާތަކަށް ގެވަޅު ދިނުމަށް ޓަކައި ހަނިމާދޫން ދެވޭނެ އަދަދު އަންގަން އެދިފައި އޮތީ ފިރާގު ވިދާޅުވިއެވެ.
” ކިތަށް ގެވަޅު ކަމެއް، ކިހާ ބޮޑު މިނެއްކަމެއްވެސް ނެތް ބުނެފައެއް، އަޅުގަނޑު ވިސްނުމުގައި ނެތް ގެވަޅު ދޭކަށް ” ފިރާގް ވިދާޅުވިއެވެ.
މިހާރުވެސް އެރަށުގެ 3 އާއިލާއަކަށް ހަނިމާދޫން ވަނީ ގެ ދޫކޮށްފައެވެ.


