ހަނިމާދޫ ޓާފް ދަނޑު ވަށައިގެން ފެންސު ޖެހުމާއި ވަށާފާރު ރޭނުން 1،166،000 ރުފިޔާއަށް ނެގާއީ އިންވެސްޓްމަންޓާ ހަވާލުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޓާފް ދަނޑު ވަށައިގެން ފެންސު ޖެހުމާއި ވަށާފާރު ރޭނުން އެެއްމިލިޔަން އެއްލައްކަ ފަސްދޮޅަސް ހަހާސް ރުފިޔާއަށް ނެގާއީ އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.

މިއަދު ހަނިމާދޫ ކައުންސިލް މީޓިން ހޯލުގައި ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަންއެވެ. ނެގާއީ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ އިބްރާހިމް ލަތީފް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގައި ވާގޮތުން ނެގާއީ އިންވެސްޓްމަންޓާ ސައިޓް ހަވާލު ކުރާތާ 45 ދުވަސް ތެރޭ މަސައްކަތް ނިންމަން ޖެހެއެވެ.

މި މަޝްރޫއަށް ހަރަދު ކުރަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ