ކުރީ ސަރުކާރުން ކަމެއް ނުބައިކޮށްކޮށްފައި އޮވެއްޖެނަމަ، މި ސަރުކާރުގެ ވާޖިބަކީ އެކަމެއް އެއަށް ވުރެ ނުބައިކޮށް ކުރުންތޯ؟
ޝައިޚް ޝަފީޢު ޢަބްދުﷲ ސުވާލު އުދަވައިފިއެވެ. ޝައިހް މިފަދައިން ސުވާލުކުރެއްވީ ދާދި ދެންމެކުރެއްވި ޓުވީޓެއްގައެވެ.
މީގެ އިތުރުން މިއީ އެއްވަނަ ހޯދުމުގެ ބުރެއްތޯއެވެ؟ ޝައިހް ވަނީ ސުވާލު އުފައްދާފައެވެ. އަދި އިތުރަށް ވިދާޅުވީ، ކޮންމެ ކަމެއް ދިމާވުމުން ކުރީ ސަރުކާރޭ ބުނުމުން ނުފުދޭނެކަމަށެވެ. 2018 ގައި ކުރީ ސަރުކާރު ނިމިފައިވާކަމަށާ މިއީ 2021 ކަމަށްވެސް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.
“ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ޗާޕުކުރެވުނުކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ އެއީ އެއްވެސް ބަހަނާއެއް ބޭނުންވާ ކަމެއް ނޫނެވެ. އެކަން ވެފައި އޮތް ގޮތެއް ބަލައި އޮތީ އެކަން އިޞްލާޙުކުރުމެވެ.” ޝައިޚް ޝަފީޢު ވިދާޅުވިއެވެ.
ސޭޚުން މިފަދައިން ސުވާލު މި އުފެއްދެވީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ގައުމީ އައު މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތްކަމަށާއި، އެހެންނަމަވެސް އެކުށްތައް ފާހަގަ ކުރެވުނީ ދާދިފަހުންކަމަށް ބުނެފައި ވަނިކޮށެވެ.


