ހަނިމާދޫ އައު ދޮޅިދާންގޭގެ އަށި އެޅުމަށް އަރުތަ އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަންއެވެ. އަރުތަ އިންވެސްޓްމަންޓްގެ
ފަރާތު ސޮއިކުރެވީ އެ އިންވެސްޓްމަންޓްގެ ވެރިޔާ މޫސާ ޖައުފަރެވެ. މި މަސައްކަތް އަރުތަ އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ އިއްޔެއެވެ.
އެއްބަސްވުމުގައި ވާގޮތުން 7 ދުވަހުގެ ތެރޭ ދޮޅިދާންގޭގެ ހިނަވާ އަށި ނިންމަން ޖެހެއެވެ. އަރުތަ އިންވެސްޓްމަންޓާ މިމަސައްކަތް ހަވާލު ކޮށްފައި ވަނީ 33973 (ތެއްރިރީސް ހާސް ނުވަ ސަތޭކަ ހަތްދިހަ ތިނެއް) ރުފިޔާއަށެވެ.
މި ހިނަވާގެއަކީ ހދ. އަތޮޅު ކައުންސިލާއި، ހަނިމާދޫ ކައުންސިލް ގުޅިގެން އަޅާފައިވާ ދޮޅިދާންގެއެކެވެ. މިތަނުގެ ބިންގާ އަޅާފައިވަނީ 2019 ވަނައަހަރު އޮކްޓޯބަރ ދެވަނަ ދުވަހުއެވެ.


