ހިބަރެއްގެ ތުންގަނޑު މެއަށް ހެރި މާޅޮހުން މީހަކު ނިޔާވެއްޖެ 

ޚަބަރު ފަހުގެ


ބ. އަތޮޅުން ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގަޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެމީހާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ބ. މާޅޮހުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ. ހިބަރުގެ ތުންގަނޑު ހެރުނީ މެޔާ ދިމާލަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާގައި ނިޔާވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 16:10ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ