މަސްޖިދުއް ތަޢުބާ މަރާމާތުކުރުމުގެ މަސައްކަތް 163293 (ސަތޭކަ ފަސްދޮޅަސް ތިންހާސް ދުވިސައްތަ ނުވަދިހަ ތިންރުފިޔާއަށް) އަރުތަ އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދެއެވެ. އަރުތަ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިންވެސްޓްމަންޓްގެ ވެރިޔާ މޫސާ ޖައުފަރެވެ.
އެއްބަސްވުމުގައި ވާގޮތުން 30 ދުވަހުގެ ތެރޭ މަސްޖިދުއް ތަޢުބާގެ މަރާމަތުގެ މަސައްކަތް ނިންމަން ޖެހެއެވެ.
މިމަސައްކަތް ނިމޭއިރު ފާހަނާ ބަރީގައި ހުރި ހުރިހާ މަރާމަތަކާއި، ވަޅުކައިރީ މުށިޖެހުމާއި، ސީލިންގުގެ މަރާމާތުގެ މަސައްކަތުގެ އިތުރުން ދެން ހުރި މަރާމާތަށް ބޭނުންވާ ކަންތައްތައް ނިމިގެން ދާނެކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.


