އެޑިއުކޭޝަންގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ފަށަނީ

ޚަބަރު ފަހުގެ

ސިވިލް ސަރވިސްގެ ވަޒީފާގައި ތިއްބެވި އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ފަށަން ނިންމައިފިއެވެ.

ސެޓްފިކެޓް ޕްރޮމޯޝަނަކީ ސިވިލް ސަރވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުން ވަކި ފެންވަރެއްގެ ޕްރޮމޯޝަނެއް ހާސިލުކުރުމުންދޭ ޕްރޮމޯޝަނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ، ސިވިލް ސަރވިސްގެ ވަޒީފާގައި ތިއްބެވި އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދިނުމުުގެ ކަންކަން
އަންނަމަހުގެ 01 އިން ފެށިގެން ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހި ނަމަވެސް، އެ ޗިޓާއި އެއްގޮތަށް މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިނުވާ މުވައްޒަފުންނަށް، އަންނަމަހުގެ 01 އިން ފެށިގެން ޗިޓުތަކުގައިވާ ގޮތުގެ މަތިން، މުސާރައާއި އިނާޔަތްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ސެޓްފިކެޓް ޕްރޮމޯޝަން ދިނުމުުގެ ކަންކަން އަންނަމަހުގެ 01 އިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، ޕްރޮމޯޝަން ޗިޓް އެޕްރޫވްވި ތާރީޚުން ފެށިގެން އަންނަމަހުގެ 01 އަށް ދޫނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާއި ގުޅޭ ގޮތުން މިހާރު ސިިވިލް ސަރވިސް ކޮމިޝަނުން ކަމާގުޅޭ އިދާރާތަކާއެކު ކުރިއަށްދާ މަޝްވަރާތައް ނިމުމުން، އެ ފައިސާ ދިނުމާމެދު ވަކި ގޮތެއް އަންގާނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ