ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ޚަބަރު ފަހުގެ

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 28، 2020 ގަ އެވެ. މިއީ ޖުމުލަ 16.94 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ފެށި އެ މަޝްރޫއުގެ ދަށުން ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންދިޔައީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރުތޮއްޓެއް ލާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ