އީސީގެ ރައީސްކަމަށް ފުއާދު އައްޔަނުކޮށްފި

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް ފުއާދް ތައުފީގް އައްޔަނުކޮށްފިއެވެ.

އީސީން ބުނީ، އެ ކޮމިޝަނުގެ އެ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން، އެ ކޮމިޝަނުގެ ރައީސްކަމަށް ފުއާދު އައްޔަނު ކޮށްފައި ވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީސީގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ޝަރީފު މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފުއާދު ވަނީ މީގެ ކުރިންވެސް އެ ކޮމިޝަނުގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އީސީގެ މެންބަރުކަންވެސް ފުރުއްވާފައި ވެއެވެ.

އީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ފުއާދުއާއި، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ. އާސިފް އީސީގެ މެންބަރުކަމަށް އައްޔަނު ކޮށްފައި ވަނީ ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ