ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުުކުރަން ހުރަހެއް ނާޅާނަން: ރައީސް

ޚަބަރު ފަހުގެ

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްމާވީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިޠާބުގައި ވިދާޅުވީ، ކޮންމެ ހާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދާނީ ޑިމޮކްރަސީން ކަށަވަރު ކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ވިދާޅުވީ، އަސާސީ ހައްގުތަކައް ސަރުކާރުން އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށާއި، އެ ހައްގުތައް ލިބިދޭނެ ކަމަށް އަބަދުވެސް ކަށަވަރު ކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ކަންކަމާމެދު ބަސްބުނެ،ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކަރުން ހުރަސް ނާޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ސަރުކާރުގެ ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މައުލޫމާތު އާންމުކުރުމަކީ ސަރުކަރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަން ކަމުގައި ހުޅުވާލެވިފައި އޮތުން ކަމަށެވެ.

އަދި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތް ހިނާގެ ބަޔަކު ކަނޑައެޅުމާއި، އިންތިހާޞުތައް ބާއްވައިގެން ދައުލަތުގެ އިންތިހާބީ މަގާމުތައް ބަދަލުކުރަމުން ދިއުމަކީވެސް ޑިމޮކްރަސީގެ އަސާސެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ