ހއ.އުލިގަމު ކަސްޓަމްްސް އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވަައިފި

ޚަބަރު ފަހުގެ

ހއ.އުލިގަމު ކަސްޓަމްްސް އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވަައިފިއެވެ.

އުލިގަމު ކަސްޓަމްސް އޮފީސް ކުރިމަތީގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އޮފީސް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު މާރިއާ ވިދާޅުވީ، ކަސްޓަމްސްްއިން އިސްނަގައިގެން އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކުން ނެގޭ ފީތަށް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްފަހަރުތައް ގިނަވެ، އެ ރަށަށް އެކި ގޮތްގޮތުން މަންފާކުރާނެ ކަމަށެވެ.

ހަމައެހެންމެ އުލިގަމު ބަނދަރު ފުޅާކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިއާ ވިދާޅުވީ، މި ސަރުކާރުގެ ތަސައްވުރަކީ ތަފާތުކުރުމެއްނެތި، ހުރިހައި ރަަށަކަށް ވެސް ޕްރޮފެޝަނަލްކަމާއެކު ރައްޔިތުންނާއި ވީހާވެސް ގާތުން އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ކަސްޓަމުގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތު ދެއްކެވި ވާހަކައިގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފް ވިދާޅުވީ، އަލަށް ޤާއިމުކުރި އޮފީހުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ،
އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކަށް ލުއިފަސޭހަކަމާއެކު އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަޤުބަލުގައި އެ ސަރަހައްދުގައި ބޮންޑެޑްވެއަރހައުސްގެ ޚިދުމަތް ޤާއިމުކޮށް، އެ ސަރަހައްދުގެ ރިސޯޓުތަކަށް އެ ވެއަރހައުސްގެ ޚިދުމަތް ފުޅާކުރުމަށް ކަމަށެވެ.

އުލިގަމު ކަސްޓަމްސް އޮފީސް ޢިމާރަތްކުރަން ސަރުކާރުން ވަނީ 5.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ