ހަނިމާދޫ ބަނދަރު: އެއް ދުވަހަށް ވަޑައިގަންނަ އިއްޒަތްތެރިންނަށް އަލިތަނެއް، ރައްޔިތުންނަށް ކަނުއަނދިރި ތަނެއް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ބަނދަރު ގައި 10 ވަރަކަށް ލައިޓް ޖަހާފައި ހުންނައިރު އެތަނުން އެއްވެސް ލައިޓެއް ނުދިއްލޭތާ 6 މަހަށްވުރެ ގިނަ ދުވަސް ވެދާނޭ ބުންޏަސް މިއީ ދޮގެއްނޫންކަން ހަނިމާދޫ ރައްޔިތުން ބުނާނެއެވެ.

އައު ކައުންސިލް އިންތިހާބުކުރުމުގެ ދުވަސްވަރު މިހާރު ކައުންސިލުގައި ތިބި އެމްޑީޕީ ކައުންސިލަރުން ބުނަމުން ދިޔައީ އެކަން ހައްލު ކުރާނެކަމަށެވެ. ނަމަވެސް މޭ 17 ވަނަދުވަހު ހުވާކުރުމަށް ފަހު އެކަން ހަނދާން ނެތުނު ކަހަލައެވެ. ރައްޔިތުންގެ އަޑު ގަދަވުމުން ތިކަން ހައްލުވާނެކަމަށް ބުނެ ނިންމާލަނީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް ދާދިފަހުން ގައުމުގެ އެންމެ އިސްވެރިޔާ ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި ބަނދަރު އަލިކުރުމަށް 4 މާކަރީ ޖެހިއެވެ. އެއީ ބައްތިތަށް ނުދިއްލޭތީ ގެނެސްދެއްވި ހައްލު ކަމުގައިވެސް ކައުންސިލަރުން ބުނަމުންދިޔައެވެ.

ހިތާމަޔަކީ ގައުމުގެ އިސްވެރިޔާ ހަނިމާދޫން ފުރައިގެން ދިއުމާއެކު ބަނދަރުގެ އަލިކަން މަޑުމަޑުން ފަނޑުވަމުން ގޮސް ކަނު އަނދިރިވެ މިހާރު އަނެއްކާވެސް ކުރީގެ ހާލަތަށް ބަދަލުވުމެވެ.

މިއީ އެމްޑީޕީން އަޑަށް ބާރުލާ ގޮވާ ރައްޔިތު މީހާއަށް ހައްގުވާ މިންވަރު ކަމުގައިވެސް ވެދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ