ހަނިމާދޫ ރައްޔިތުން އެދުނުގޮތަށް ހަނިމާދޫ ބަނދަރަށް ބަދަލު ގެނެސް ދެއްވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެން ވައުދާ އެގޮތަށް ބަދަލު ގެނެސް ދެއްވައިފިއެވެ.
މިބަދަލުތައް ގެނެސް ތައްޔާރުކޮށްފައިވާ ކުރެހުމުގެ ކޮފީއެއް ވަނީ ގޮށްކޮޅަށް މިއަދު ލިބިފައެވެ.
އެ ކުރެހުމުގައި ވާގޮތުން ހަނިމާދޫ ރައްޔިތުން އެދުނުގޮތަށް ބޭރު ތޮށްޓަށް ދޯނިފަހަރު ކައިރިކުރެވޭނެހެން ކީވޯލް ޖަހާ ގޮތަށް މިހާރުވަނީ ބަދަލު ކޮށްފައެވެ. އަދި ބޭރު ތޮށީގައި ދުއަވާއެއްޗެހި ދުއްވޭނެހެން ފުޅާ ސަރަހަދެއް އޮވެއެވެ. އަދި އޮއި ދައުރުވާނެހެން ޓަނަލް ހަދާފައި ހުރެއެވެ.
މީގެ ކުރިން އޮތީ ބޭރުތޮށި ހިލަޖަހައިގެން ނިންމާގޮތަށެވެ. މިކަމަށް ރައްޔިތުން ދިޔައީ ފެށުނީންސުރެން ބަދަލު ބޭނުން ވާކަމަށް ބުނަމުންނެވެ.
އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލުތަކާ އެކު ހަނިމާދޫ ބަނދަރުގެ މަސައްކަތް މިމަހުގެ 25 ވަނަދުވަހު ފަށާނެއެވެ.
ރައްޔިތުން އެދުނު ގޮތަށް ހަނިމާދޫ ބަނދަރުގެ މަސްރޫއަށް މިފަދަ ހެޔޮބަދަލު ތަކެއް ގެނެސް ދެއްވިކަމަށް މިޓީމުގެ ނަމުގައާއި ހަނިމާދޫ ރައްޔިތުންގެ ނަމުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރު މުއައްސަސާތަކަށް ޝުކުރު އަދާކުރަމެވެ.


ޚިޔާލުތައް: