ހަނިމާދޫ ސްކޫލް ޕީޓީއޭގެ މަގާމްތައް ތިންވަނަ ފަހަރަށް އިއުލާން ކޮށްފި! ބެލެނިވެރިން ގަސްދޮށުގައި ސިމިސިމި ލައްވަން!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް ޕީޓީއޭގެ މަގާމްތައް ތިންވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

މި މަގާމްތަކަށް ފުރަތަމަ އިއުލާން ކުރީ 19 އޮގަސްޓް 2021 ވަނަދުވަހުއެވެ. މި އިއުލާން ގައިވާ މަގާމުތަކަށް މުއްދަތު ހަމަވި އިރުވެސް ކުރިމަތި ލާފައި ނުވާތީ ދެވަނަ ފަހަރަށް އިއުލާން ކުރިއެވެ. އެއީ 24 އޮގަސްޓް 2021 ވަނަދުވަހުއެވެ. މިފަހަރުވެސް ވީ ކުރިން ފަހަރު ވީވަރެވެ. ވަކި ތަފާތެއްނެތެވެ. ސްކޫލަށް ޖެހުނީ ތިންވަނަފަހަރަށް އިއުލާންކުރާށެވެ. އެގޮތުން މިއަދު މިވަނީ ތިންވަނަ ފަހަރަށް އިއުލާން ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލް ތަކުރާކޮށް ޕީޓީއޭ މަގާމް ތަކަށް އިއުލާން ކުރަމުން ދާއިރުވެސް ބެލެނިވެރިންގެ ހިތުގައި ހިރުވާތަން ކަހައި ލާނަމޭވެސް ހަމަހިތަށްނާރައެވެ. ގަސްތަކުގެ ދަށުގަޔާއި ކޮފީ މޭޒުތަކުގައި ސިމިސިމި ލެއްވުން ނޫން ކަމެއް ނެތެވެ.

ހަމަ މިބީދައިން ކުލާސް މަންދޫބުން ހޮވުމަކީވެސް އެހާމެ އުދަނގޫ ކަމަކަށް މިވަނީ ވެފައެވެ. އެ މަގާމަށް ކުރިމަތި ލާނެ ބެލެނިވެެރިއަކު ނެތިގެން އިތުރު ބައްދަލުވުން ތަކަށް ދާންޖެހުނު ކުލާސްތައްވެސް މަދެއްނޫނެވެ.

ހަނިމާދޫ ސްކޫލް ބެލެނިވެރިން ފަހަރުގައި ބަސްބުނެވޭ، ބަސްކިޔޭ ހިސާބަށް އަރަން ބޭނުން ނުވަނީކަންނޭގެއެވެ. ނުވަތަ ބަސްކިޔަން ބޭނުން ނުވަނީ ތޯއްޗެކެވެ؟ ނުވަތަ ފީކޮއިހެދި ފިލާތިބެ ސިމިސިމި ލެއެވުން ނޫން ކަމެއް ކުރަން ބޭނުން ނުވަނީ ކަންނޭގެއެވެ؟

ކަމެއް އިސްލާހު ކުރަން އެދެނީ ނަމަ ބަސް ބުނަން ކެރޭންޖެހެއެވެ. ފާޅުގައި މަގާމްތަކަށް ކުރިމަތިލާ ބަސްބުނެވޭ ހިސާބަށް ނުކުމެ ބަސްބުނަން ޖެހެއެވެ. މިވެނި އެވެނި ކަމެއް ކުރިނަމަ، ނަމަ ނުކިޔާ ކަންކަން ރޭވޭ ހިސާބަށް ނުކުމެ ބަސްކިޔާ އެކަން ތަފީޒްކުރަން އުޅެން ހިނގާށެވެ. އޭރުން އެކަންކަން ވާތަން ފެންނާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ