އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓަކައި ނުލައި ހަނިމާދޫ ދާއިރާއަށް ހޮވިފައިވާ ފަރާތައް!

ހަނިމާދޫ ޚަބަރު ފަހުގެ ސިޔާސީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މި މަހުގެ 25 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާއިރު މި އިންތިޚާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރާ ގިނަ ކެނޑިޑޭޓުން ވަނީ ވޯޓައި ނުލައި ހޮވިފައެވެ. މިގޮތަށް އެ ބޭފުޅުން ހޮވިފައިވަނީ އެ ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ކަމަށް އެމްޑީޕީ މައުލޫމާތު ދެއެވެ.

މި އިންތިޚާބުގައި ވޯޓުލާނީ ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިޚާބުގައި ހޮވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުވެސް އެ ޕާޓީން އާންމުކޮށްފައިވާއިރު އެ ލިސްޓުގައި 93،146 މީހުން ހިމެނެއެވެ.

ވޯޓާ ނުލާ ހަނިމާދޫ ދާއިރާއަށް ހޮވިފައިވާ މީހުން އެމްޑީޕީން އާއްމު ކޮށްފައިވާ ލިސްޓުގައި ވާގޮތަށް

  • ދާއިރާގެ ނައިބު ރައީސް ގެ މަގާމަށް
    ޢަލީ އިބްރާހިމް، އަސުރުމާގެ / ހދ. ހަނިމާދޫ ، A155749
  • ދާއިރާގެ ސެކްރެޓަރީ ގެ މަގާމަށް
    މޫސާ އިދުރީސް، ބުލޫރޯސް / ހދ. ހަނިމާދޫ، A049043
  • ދާއިރާގެ މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ ގެ މަގާމަށް
    ސައިފް ޢަލީ، ސަންހާއީ، A376969

25 ވަނަދުވަހު ބާއްވާން ތާވަލް ކޮފައިވާ އިންތިހާބުގައި ހަނިމާދޫ ދާއިރާން ވޯޓް ނަގާނީ ދާއިރާގެ ރައީސް އަދި ސެކްރެޓަރީގެ ނައިބު ގެ މަގާމަށް މީހަކު ހޮވުމަށެވެ. މި 2 މަގާމަވެސް 2 ދެބޭފުޅުން ކުރިމަތި ލާފައި ވެއެވެ.

  • ދާއިރާގެ ރައީސް
  1. ޝާހިދް އާދަމް، އަސުރުމާގެ / ހދ. ފިނޭ، A076171
  2. އައްބާސް މުހައްމަދު، ޖަންބުގެ / ހދ. ހަނިމާދޫ، A157942
  • ސެކްރެޓަރީގެ ނައިބު
  1. އަހުމަދު ވަހީދު ހުސައިން، މުސްތަރީގެ/ ހދ. ހަނިމާދޫ، A146607
  2. ޢަލީ އަޙްމަދު، ލަކީމޫން / ހދ. ހަނިމާދޫ، A041356

ފޮޓޯ : ފޭސްބުކް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ