ހަނިމާދޫ މަސްމާރުކޭޓު މަރާމާތުކޮށްދޭނެ ފަރާތެއް ހަނިމާދޫ ކައުންސިލުން ހޯދަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހަނިމާދޫ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހަނިމާދޫ މަސްމާރުކޭޓު މަރާމަތުކޮށްދޭނެ ފަރާތެއް ބޭނުން ވާކަމަށެވެ.

މިތަން މަރާމާތު ކޮށްދޭން ބޭނުންވާ ފަރާތްތަކުން 4 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފޯމް ހަނިމާދޫ ކައުންސިލަށް ފޮނުވައިދިނުމަށް އެ ކައުންސިލުން އެދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކަނޑައެޅިފައިވާ ވަގުތުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ހަނިމާދޫ ކައުންސިލުގެ އިއުލާނުގައި ވެއެވެ.

ހަނިމާދޫ މަސްމާރުކޭޓުގެ މަރާމާތަށް އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށްދާނީ 12 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހު 13:00 ގައި ހަނިމާދޫ ކައުންސިލުގެ ކޮންފަރެންސް ރޫމްގައި ކަމަށްވެސް އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ