ދިވެހިންގެ 100 ޕަސެންޓް އެހީގައި ނައިޖާގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

ޚަބަރު ފަހުގެ

ދިވެހިންގެ އެހީގައި ނައިޖާގެ ނިޔާމޭގައި ބިނާ ކުރާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

ދިވެހިންގެ ފަރާތުން އެ އެހީ ފޯރުކޮށްދިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ، މިދިޔަ ބުދަ ދުވަހު ބިންގާ އެޅި އެ މިސްކިތަކީ ދިވެހިންގެ 100 ޕަސެންޓް އެހީގައި ބިނާކުރާ މިސްކިތެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އެ މަޝްރޫއަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތުގައި ދިވެހިންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބިގެންދިޔަ ކަމަށް ބުންޏެވެ.

މަސްޖިދުލް ނަފީގެ ނަން ދީފައިވާ 3500 އަކަފޫޓުގެ އެ މިސްކިތަކީ މުޅި ނައިޖާގައިވެސް އިންސާނީ ހިދުމަތް ދެ ޖަމާއަތަކުން ބިނާކުރާނެ އެންމެ ބޮޑު މިސްކިތެވެ.

އެގޮތުން އެ މިސްކިތުގެ ގޯތިތެރެއާއެކު ޖުމުލަ 500 މީހުންނަށް ނަމާދު ކުރެވެނެ ޖާގަ އޮންނާނެއެވެ.

އައިއޭސީން ކުރިން ބުނެފައިވާ ގޮތުން އެ މިސްކިތަކީ ތުރުކީގެ އީހާހާގެ ފަރާތުން ލިބުނު އެ މަޝްރޫއުއަކީ ޔަތީމު ކުދިންނާއި ނިކަމެތިވެފައިވާ ކުޑަކުދިންނާއި އެކަނިވެރި މައިންނާއި ހުވަފަތް ވެފައިވާ އުހުތުންނާއި އަދި އެނޫންވެސް އެފަދަ ދަތި ހާލަތްތަކުގައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަމާއެކު ތައުލީމު އުނގެނުން އަދި މަސައްކަތް ދަސްކޮށްދިނުން ކުރިއަށް ގެންދާނެ ތައުލީމީ މަރުކަޒަކާއެކު ބިނާ ކުރާ މިސްކިތެކެވެ.

މަރުކަޒަށާއި މިސްކިތަށް ޖުމުލަ 5.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެ ހަރަކާތުން ބުނެ އެވެ. އެއީ މިސްކިތް ބިނާކުރުމަށް ހަރަދުވާ 3.38 މިލިއަން ރުފިޔާ އާއި މަރުކަޒު އެޅުމަށް ހަރަދުވާ 2.16 މިލިއަން ރުފިޔާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ