އެމްޑީޕީގެ އިންތިޚާބުގެ ވޯޓުލުން މިއަދު 18:00 އާއި ހަމައަށް ކުރިއަށް ގެންދަނީ

ޚަބަރު ފަހުގެ ސިޔާސީ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު 18:00 އާއި ހަމައަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 09:00 ގައެވެ. ހަމައެހެންމެ އެމްޑީޕީން ކުރިން ނިންމާފައި އޮތީ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާއި ހަމައަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޑީޕީން މީގެ އިރުކޮޅެއް ކުރިން ބުނީ ދިމާވި އެކިއެކި ސަބަބާ ހުރެ، ބައެއް މަރުކަޒުތަކުގައި ވޯޓުލާން ފެށިފައިވަނީ، މެންދުރު 12:00 ގެ ފަހުން ކަމަށެވެ. އެ ގޮތުން އެ ތަންތަނުގެ ވޯޓުލުން ނިމޭނީ 18:00 ގައި ކަމަށެވެ.

”ވީމާ މި ނަންގަނެވުނު މަރުކަޒުތަކުގައި ގަޑިން 17:00 ގައި، ކިޔޫގައި މީހަކު ނެތަސް، ބަންދުނުކޮށް 18:00 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމުގައި ދެންނެވީމެވެ. އަދި މި ދެންނެވި މަރުކަޒުތަކުގައި، 18:00 ވާއިރު ކިޔޫގައި މީހުން ތިބިނަމަ، އެ މީހުން ވޯޓުލައި ނިމެންދެން ކުރިއަށް ދާނެއެވެ.“ އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި، ދާއިރާތަކަށް 455 ބޭފުޅުން އިންތިޚާބުކުރަން ހަމަޖެހިފައިވާއިރު، ވޯޓުލުމުގެ ކުރިން 165 ކެންޑިޑޭޓުން ވަނީ ހޮވިފައެވެ.

ތ.ގުރައިދޫ ދާއިރާގައި މި ވަގުތު ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ވޯޓުލުން މިއަދު ކުރިއަށް ނުގެންދާ ގޮތަށް ވަނީ ނިންމާފައެވެ. އެމްޑީޕީން ވަނީ އެ ދާއިރާގެ ވޯޓުލުން ބާއްވާނެ ދުވަހެއް ފަހުން އިއުލާނުކުރާނެކަމަށް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ