“ޚަބަރުދާރު! ހަމަމިހާރު ހުއްޓާލާ!” ތިޔަ އިންކާރުކޮށް ފުރައްސާރަކުރަނީ ﷲ ގެ ވަޙީ ބަސްފުޅަށް.
އީވާޔަކަސް ޝަހިންދާޔަކަސް ޝާދިޔާއަކަސް އަދި އެނޫން މީހަކަށް ވިޔަސް، މިއިސްލާމީ ދީބުގައި؛ ބަރަހަނާވެ އޮރިޔާންވެ، ބަނގުރާބޮއެ މަސްތުވެ، ޒިނޭކޮށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް، ތިމާމެން ބޭނުންހާ ގޮތަކަށް ބިރަކާނުލާ މަޖާކުރަން ވަކާލާތުކޮށް، ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް އެއީ “މުޑުދާރު” އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެ.
އަންހެނުން ޖިލްބާބު ލައި، ޙިޖާބްވެ، ޢައުރަ ނިވާކުރުމަށް އަންގައި އަދި އެއީ ޖިންސީ ގޯނާތަކުން ރައްކާތެރިވާނެ ކަމެއްކަމަށް ބުނުމަކީ އެއީ ޑރ.ޢިޔާޟް ނުވަތަ އެއްވެސް ޝެއިޚެއްގެ ބަހެެއް ނޫން. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއް. އެއިލާހުގެ ޙުކުމްފުޅެއް.
ﷲ ތަޢާލާ ވަޙީކުރައްވަަފައިވަނީ:
(يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا) سورة الأحزاب:59
“އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެންކަނބަލުންނަށް، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެއީ އެކަނބަލުންނަކީ މިނިވަން މުއުމިނު އަންހެން ކަނބަލުންކަން އެނގިގެން ވުމަށާއި، އަދި އެކަނބަލުންނަށް (ފާސިގުންގެ ފަރާތުން) ގޯނާއާއި އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑުވެގެންވާތީއެވެ.”
ޢައުރަ ނިވާކުރުމަކީ ގޯނާތަކުން ރައްކާތެރިވާނެ މަގެއްކަމުގައި މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނިކޮށް، އީވާ މިވަނީ އައުރަ ނިވާކުރުމަކީ ގޯނާތަކުން ރައްކާތެރިވާނޭ ބުނާ ބުނުމަކީ މުޑުދާރު ބަހެކޭ ބުނާ މޭރުމުން ވާހަކަ ދައްކަވާފައެވެ.
ﷲ ގެ ހުކުމްފުޅު ދޮގުކޮށް އިންކާރުކުރުމަކީ ދީނީގޮތުން އެންމެ ބޮޑު އެއްފާފައެވެ. އަދި އެއީ މިރާއްޖޭގައި ހެދިފައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤާނޫނުގެ ދަށުންވެސް ބޮޑު ކުށެއް. އެހެންކަމުން މިފަދަ ކަންކަން ތަހުގީގުކޮށް ވަޤުތުން ފިޔަވަޅު އެޅުމަކީ ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކޮންމެ ފަރާތެއްގެވެސް ޒިންމާއެއް


