2021 – 2022 ވަނަ އަހަރަށް ހަނިމާދޫ ސްކޫލް ޕީ.ޓީ.އޭގެ ނާއިބު ރައީސްއަކަށް އަޙުމަދު ޢަބްދުލް ވާހިދު ހޮވިއްޖެއެވެ.
އަޙްމަދު ޢަބްދުލް ވާހިދް މި މަގާމަށް ހޮވުނީ ފާޠިމަތު އަޙުމަދު ވާދަކޮށް 11 ވޯޓްގެ ތަފާތަކުންނެވެ. މި އިންތިހާބުގައި ވޯޓް ލުމުގެ ހައްގު 348 މީހުނަން ލިބިގެން ވެއެވެ. މިއަދު ވޯޓްލީ 198 ފަރާތެކެވެ.
ސްކޫލް ޕީޓީއޭގެ ނާއިބު ރައީސްގެ އިންތިހާބު މި އަހަރު މި ބޭއްވުނީ ތިން ފަހަރަށް އިއުލާން ކުރުމަށް ފަހުއެވެ.
2021 – 2022 ޕީޓީއޭގެ ޚަޒާންދާރަކަށް ހޮވިފައިވަނީ ނާހިދާ މުޙައްމަދެވެ. އެނާ އެ މަގާމަށް ހޮވުނީ އިންތިހާބަކާއި ނުލައެވެ.


