ހަނިމާދޫ ރަށްވެހިގެ 25 އަހަރަށް ގެސްޓްހައުސް ވިޔަފާރިއަށް ދޭން ނުފެންނަކަމަށް ހަނިމާދޫ ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ މިއަދު އޮތް ކައުންސިލުގެ ޖަލުސާއަށް ރިޔާސަތުން ހުސަހެޅި ހުށަހެޅުމެއްކަމަށްވާ ރަށްވެހިގެ ޓުއަރިސްޓް ގެސްޓްހައުސް ގޮތުގައި ހިންގުމަށް 25 އަހަރަށް ދިނުމާބެހޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައިކަމަށް ކައުންސިލްގެ ނައިބު ރައީސް ފިރާގު ވިދާޅުވިއެވެ.
ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން މެންބަރު ނާޒިޔާ ހަސަން ވިދާޅުވީ އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނުފެށެނީސް އެފަދަކަމެއް ނުކުރުމަށާއި ރައްޔިތުންނާ މަސްވަރާނުކޮށް މިފަދަ ބޮޑު ނިންމުމެއް ނުނިންމުމަށް ވިދާޅުވެފައިވާނެކަމުގައެވެ.
ކައުންސިލުގެ ނައިބު ރައީސް ފިރާގު އަދި މެންބަރު އަލީގެ ވިސްނެވުން ހުންނެވި ގޮތެއް ބަލާލުމަށް ގުޅާލުމުން ވެސް ވިދާޅުވީ އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނުފެށެނީސް އެކަން ކުރަން ނުފެންނަކަމަށެވެ.
“އަޅުގަނޑަށް ނުފެންނަކަމަށް ވިދާޅުވިން އެއީ މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ ހިޔާލު ހޯދާފަ ގޮތެއް ނިންމަންވާނެކަމަށް އަޅުގަނޑަށް ފެންނާތީ އެގޮތަށް ވިދާޅުވިން” މެންބަރު ހާރިސާ ގޮށްކޮޅަށް މައުލޫމާތު ދެެއްވަމުން ވިދާޅުވިއެވެ.
ރިޔާސަތުން ހުށަހެޅި މިމައްސަލާގައި އެމްޑީޕީގެ ތިން މެންބަރުން ވޯޓް ދެއްވީ ނުފެންނަކަމަށެވެ. އަދި ޖޭޕީ މެންބަރު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
ދެން މިއަދުގެ ޖަލުސާއަށް ހުސަހެޅި ސްކޭޑް ބޯޑު ދުއްވާނެ ތަނެއް އެޅުމާއި، އެއްގަމު ލައިސަންސް ނަގާނެ ތަނެން ހެދުމަށް ފެންނަކަމަށް ހުރިހާ މެންބަރުން އިއްތިފާގުވެލެއްވިއެވެ.


