ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރައިގެ ގޮތުގައި މަހަކު 5،700ރ. މިނިމަމްވޭޖް ބޯޑުން ކަނޑައަޅައި، އެ ލަފާ މިނިސްޓަރަށް ދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ ބޯޑުން ރޭ ނިންމި ނިންމުމެއްގައެވެ. އެ ނިންމުމުގައި ބުނެފައިވަނީ، ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7000ރ. އެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށެވެ. ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭން ޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700ރ. އެވެ.
މީގެ އިތުރުން މެދުފަންތީގެ ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން އަށް ގަޑިއިރު މަސައްކަތް ކުރުމުން، މަހު މުސާރައިގެ ގޮތުގައި 8،000 ރުފިޔާ ދޭން ކަނޑައަޅާފައިވެއެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން، އަށް ގަޑިިއިރު މަސައްކަތް ކުރުމުން މަހު މުސާރައިގެ ގޮތުގައި 10،000 ރުފިޔާ ދޭން ކަނޑައަޅާފައިވެއެވެ.


