އިހުލާސްތެރި ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލުކޮށްފި

ޚަބަރު ފަހުގެ ސިޔާސީ

އިހުލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކުރި ހުއްދަ ބާތިލުކޮށްފި އެވެ.

އެޕާޓީ އުފެއްދުމުގެ ހުއްދަ މ. ކެލަން/ މުހައްމަދު އިސްމާއީލަށް ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެޕާޓީ އުފެއްދުމަށް އެ ކޮމިޝަނުން ދީފައިވާ ހުއްދަ ބާތިލުކުރަން މިއަދު ނިންމާފައިވާ ކަމަށެވެ. ސަބަބެއް ނުބުނެ އެވެ.

ނަމަވެސް އެހެން ބުނެ އީސީން ކުރި ޓުވީޓުގައި ފުލުހުންނާއި މޯލްޑިވްސް ޖުޑީޝަރީ އަދި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޓުވިޓާ އެކައުންޓު ޓެގު ކޮށްފައިވެ އެވެ.

އިހުލާސްތެރި ޕާޓީ އުފެއްދުމުގެ ހުއްދަ ދިން މުހައްމަދު އިސްމާއީލަކީ “ކަރިޝްމާ ޕާރޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް 2019 ވަނަ އަހަރު އެދުނު ފަރާތެވެ.

ނަމަވެސް އެ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ބުނެ އީސީން އެޕާޓީ އުފެއްދުމުގެ ހުއްދައެއް ދީފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ