ކުޅުދުއްފުށީ ފްލޫ އޯޕީޑީއަށް ދެއްކި މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ކުޅުދުއްފުށީ ފްލޫ އޯޕީޑީއަށް ދެއްކި މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.

އެ މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފްލޫ އޯޕީޑީއަށް ދެއްކީ ބަލީގެ އަލާމާތްތައް ހުރުމުން ރޭގެ ވަގުތެއްގައެވެ. ނަތީޖާ ލިބުނީ މިއަދު ހަވީރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯވިޑްއަށް ޕޮޒިޓިވްވީ މީހާއަކީ ކުޅުދުއްފުއްޓާއި، މާލެއާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓުން މިދިއަ ބުދަ ދުވަހު ކުޅުދުއްފުއްޓަށް ދިއަ މީހެކެވެ.

ބަހާދަރު ބޯޓުން ދަތުރުކުރި ޕަސެންޖަރަކު ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގ ނުނިމެނީސް އެ ބޯޓުން ދަތުރުކުރި އެއްވެސް ފަރާތެއް ރަށުން ބޭރަށް ނުދިއުމަށް އެ ބޯޓުންވަނީ އަންގާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން މަޢުލޫމާތު ދިން ގޮތުގައި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ