ހުޅުމާލޭ މުހައްމަދު ގާސިމް ޕްރީ ސްކޫލް ހުޅުވަން ތައްޔާރުވެ، ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

ހުޅުމާލޭ ޕްރީ ސްކޫލް ހުޅުވަން ތައްޔާރުވެ ދަރިވަރުން ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތް ކޮށްދިން ސްކޫލެކެވެ. މި ސްކޫލްގެ ނަމަކީ “މުހައްމަދު ގާސިމް ޕްރީ ސްކޫލް” އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ myoffice.moe.gov.mv/forms/id/2 ޕޯޓަލް މެދުވެރިކޮށް، އެ ސްކޫލުން ޖާގަ ހޯދަން ހުށަހެޅޭނެ ކަމަށެވެ. މިއީ، މާލެ ސަރަހައްދުގައި ސަރުކާރުން ހިންގަން ފަށާ އެންމެ ފުރަތަމަ ޕްރީ ސްކޫލެވެ.

އެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެލްކޭޖީ އަދި ޔޫކޭޖީ އަށެވެ. 750 ދަރިވަރުންގެ ޖާގައިގެ އެ ސްކޫލުގެ ޖާގަ ފުރެންދެން ހުށަހެޅުންތައް ބަލައިގެންނަމުންދާނެ ކަމަށް ބުނެ އެވެ.

10 ކްލާސްރޫމް ހުންނަ އެ ސްކޫލްގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން 20 ޓީޗަރުން ހަމަޖައްސާފައިވެ އެވެ.

އެ ސްކޫލް ހުޅުވުމަށް ނިންމާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ