ޝޯގައި ޖަހާނީ ބޮޑުބެރު، ނާޗަރަންގީ ކުޅޭކަށް ނޫޅެން: މަހްލޫފް

ޚަބަރު ފަހުގެ

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި އިންޑިޔާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ މެޗުކުޅެން ފެށުމުން ފައިނަލް މެޗާ ހަމައަށް މިއުޒިކް ޝޯ ބޭއްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ބުނުމާއެކު ފާޑުކިޔުންތައް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރުކަމަށާއި މިއުޅެނީ ނާޗަރަންގީ ކުޅޭންނޫންކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރެވެ. އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫނެވެ. ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށެވެ.” މަހްލޫފް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިޔާ ބައްދަލުކުރާ މެޗް އޮންނާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރުއެވެ. މިމެޗަކީ ދެގައުމަށްވެސް މުހިންމު މެޗަކަށްވާއިރު މިމެޗް ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން ދައްކަން ވަނީ ހަމަޖެހިފައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، ސިލްސިލާ މިޔުޒިކް ޝޯވތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިން މަސައްކަތް ކުރަމުން ދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވުމާއެކު ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ