ހަނިމާދޫ ފުޓްސަލް ޗެލެންޖު 2021ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ހަނިމާދޫ ކައުންސިލުން އިއުލާންކޮށް، ބައިވެރިވުން މިމަހު 19 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
ހަނިމާދޫ ޔޫތު ސެންޓަރު ފޭސްބުކް ޕޭޖުގައި އިއްޔެ ހާމަކޮށްފައިވާގޮތުން ހަނިމާދޫގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި މުބާރާތުގައި ބައިވެރި ވެވޭނެއެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެތިވުމަށް ގޫގުލް ފޯމެއް ފުރަން ޖެހޭ އިރު މަދުވެގެން 7 ކުޅުންތެރިން ޓީމެއްގައި ހިމަނަން ޖެހެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް 2 އޮފިޝަލުނާއި މެނޭޖަރެއް ހިމެނުން ކޮންމެހެންވެސް މަޖުބޫރެވެ.
ހަނިމާދޫ ފުޓްސަލް ޗެލެންޖު 2021 ކުރިއަށް ގެންދަނީ ގުރޫޕު އިސްޓޭޖަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ އޮކްޓޯބަރ 19 ވަނަ ދުވަހު 20:00 މިނެޓެވެ. ގުރުއަތުލުން އޮންނާނީ އޮކްޓޯބަރ 20 ވަނަ ދުވަހު ރޭގަނޑު 20:30 ގައި ހަނިމާދޫ ޔޫތު ސެންޓަރުގައެވެ.


