ކަސްޓަމްސް އިން ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި

ޚަބަރު ފަހުގެ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި ނައްތާލާފައި ވަނީ ބުރާސްފަތި ދުވަހު ކ. ތިލަފުށި ސައިޓްގައި ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ބުރާސްފަތި ދުވަހު ނައްތާލާފައިވަނީ ބަނގުއާވީގެ 201 ކާޓަންގެ 5040 ފުޅި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ