ދަރިވަރަކަށް ޖިންސީ ގޯނާކުރި މުވައްޒަފު ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

މާލޭގެ ޕްރީސް ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަޒީފާ އިން ސަސްޕެންޑް ކޮށްފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅިކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބުމާ އެކު އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މައްސަލައިގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މައްސަލަ ބަލައި ނިމެންދެން، މި މައްސަލަ ރައްދުވާ މީހާ ސަސްޕެންޑުކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގީ އިދާރާތަކާ ހިއްސާކޮށްގެން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް އިއްޔެ ވިދާޅުވީ މާލޭ ސުކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ތުހުމަތުކުރެވެނީ ސްކޫލްގެ އަންހެން މުވައްޒަފަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ