ހދ. އަތޮޅު ރައީސް މުޙައްމަދު ސިރާޖު ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި

ޚަބަރު ފަހުގެ

ހދ. އަތޮޅު ރައީސް މުޙައްމަދު ސިރާޖު، ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ހދ. އަތޮޅު ރައީސް މުޙައްމަދު ސިރާޖު އަށް އޭޑީކޭ ހޮސްޕިޓަލް އައި.ސީ.ޔޫގައި ފަރުވާދީފައިވަނީ ސްޓްރޯކެއް ޖެހުމުގެސަބަބުންނެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން އިއްޔެގެ ވަގުތެއްގައި ސިރާޖު ވަނީ ވައިކަރަދޫއަށް އަނބުރާގޮސްފައެވެ. ނަމަވެސް ދިވެހިބޭސް ކުރުމަށް ނިންމާފައި ވާތީ މިވަގުތު ހުންނެވީ ހދ.މަކުނުދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

advertisement

ސިރާޖުގެ ހާލު ދެރަވެ ފުރަތަމަ ދެއްކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެއީ މިމަހުގެ 18 ވަނަދުވަހުއެވެ. އެއަށްފަހު ހާލުކޮޅު ރަނގަޅު ވަމުން ނުދާތީ 19 ވަނަދުވަހު ވަނީ ހަނިމާދޫ މަގުން މާލެއަށް ގޮސްފައެވެ. ހަމަ އެދުވަހު ސިރާޖުއަށް އައި.ސީ.ޔޫހައި ފަރުވާދޭން ފެށިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ