ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި

ޚަބަރު ފަހުގެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި އެވެ.

“މަސްޖިދް އަމީލް ޖަލީލު” މި މިސްކިތް ހުޅުވައިދެއްވީ މިއަދުގެ ހުކުރު ނަމާދުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތް ބިނާކުރަން 16400 އަކަފޫޓުގެ ބިން ދޫކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ އެވެ.

އިންސައިޑް ޕްލަސް އިން ޑިޒައިންކޮށް، ޒާން ކޮންސްޓްރަކްޝަންގެ ފަރާތުން އިމާރާތްކުރި މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 700 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ދެ ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށް ވުޟޫކޮށް ނަމާދު ކުރެވޭނެ ގޮތަށް ހާއްސަ ބައެއް ހަދާފައިވާ އިރު، ލައިބްރަރީ އަކާއި ކުލާސް ރޫމެއްވެސް ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ